ކަރަންޓު ބިލުތައް ބޮޑުވާ ކަމަށް ބުނެ، މައްސަލަ ތަހުގީގުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ މެންބަރު ގަލޮޅު އުތުރުދާއިރާގެ މުހައްމަދު އިބްރާހިމްއެވެ.

މި ކުއްލި މައްސަލަ ބަލައިގަނެ މަޖިލީހުގައި ވަނީ ބަހުސް ފަށައިފައެވެ.

މުހައްމަދު އިބްރާހިމްް ވިދާޅުވީ ފެނަކަ އަދި ސްޓެލްކޯއިން ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދެމުންދާއިރު، ފަހަކަށް އައިސް ކަރަންޓު ބިލްތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.

އަދި އެކަމަށް ހައްލެއް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ ބަލައި ތަހުގީގު ކުރުމަށް އޭނާ ގޮވާލެއްވިއެވެ.