މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ) ޕްރޮމޯޓް ކުރަން އޮތް ހަމައެކަނި ގޮތަކީ އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅު ބޭނުން ކުރުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެެެއެވެ.

Ads by Asuru

ޝިޔާމް މިހެން ވިދާޅުވީ އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން، ރައީސް ޔާމީނަސް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުން ތަހައްމަލުކުރި އަދި ތަހައްމަލްކުރާ ބިރުވެރި ޒަމާނެއްވާނަމަ، އެޒިންމާ އެންމެ ބޮޑަށް ނަންގަވަންޖެހޭ ބޭފުޅުން މިފަދަ ވާހަކަ ދެއްކެވުން ލަދުވެތި ކަމަށެވެ.

”މިވަގުތު ތިހުންނެވި ޕާޓީ އަދި އެޕާޓީގެ ލީޑަރު ޕްރޮމޯޓު ކުރަން އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމިންގެ ނަންފުޅަށް ތިއޮތީވެފައި.“ ޝިޔާމް ވިދާޅުވިއެވެ.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އާއްމުކުރެއްވި ވީޑިއޯއެއްގައި ދުންޔާ ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑެތި ވައްކަންތައް ހިނގާފައިވާ ކަމަށެވެ.

ދުންޔާ ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅުގެ ހުރިހާ ލީޑަރުން ހިފާ ހައްޔަރުކުރި ކަމަށާއި، އޭރު މުޅި ގައުމުގައި ވެސް އޮތީ ބިރުވެރިކަން ކަމަށެވެ. އަދި އެފަދަ ވެރިކަމެއް ތަކުރާރު ނުވާނެ ގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.