އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޑީއާރްޕީން ވާދަކުރަން ނިންމާފައިވާތީ، އެ ޕާޓީގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރަށް ދޭން ނިންމައިފިއެވެ.

Ads by Asuru

އެގޮތަށް ނިންމީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައިގެން ކަމަށް އެޕާޓީން ބުނެއެވެ.

ޖާބިރު މީގެ ކުރިން ވަނީ ޑީއާރްޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމީ، އެޕާޓީއަށް އާންމު ރައްޔިތުންގެ މެދުގައި އޮތް ތާއީދު ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ ކަަމަށް ބުނެފައެވެ.

ޖާބިރު ރިޔާސީ ރޭހަށް ނުކުންނަވަން ނިންމެވިއިރު، އެޕާޓީން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމާފައިކަންވެސް ފާހަގަކޮށްލެވެއެވެ.