ދައުރުވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިޖާމާ ޖައްސަވާ މަންޒަރު ފެންނަ ފޮޓޯއެއް ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
”މިހާރު“ ނޫހުގެ ޚަބަރެއް ކަމަށް ހަަދައި، މަބްރޫކް ރައީސް ސޯލިހާ ގުޅޭގޮތުން އެފަދައިން ވިދާޅުވިކަން ހާމަކޮށްދިނުމަށް، ފޮޓޯއެއް މީސްމީޑިއާގައި ވަނީ ދައުރު ކޮށްފައެވެ. އެ ފޮޓޯ ދައުރު ކުރީ، ރައީސް ސޯލިހު އަންހެން ކުއްޖަކާއެކު ޒިނޭ ކުރާ މަންޒަރު ފެންނަ 4 ފޮޓޯ ލިބިވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.
މަބްރޫކް މިއަދު ވިދާޅުވީ ދައުރުވަމުން އަންނަނީ ރައީސް ސޯލިހު ހިޖާމާ ޖައްސަވާ މަންޒަރު ފެންނަ ފޮޓޯއެއް ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށާއި އެއީ މުޅިން ހަދައިގެން ފަތުރާ ވާހަކައެއް ކަމަށެވެ. އަދި ”މިހާރު“ ނޫހުގެ ހަބަރެއް ކަމަށް ދެއްކުމަށް ދައުރުކުރާ ފޮޓޯގައި، އެ ހަބަރު ލިޔުނު ކަމަށް ބުނާ ނޫސްވެރިޔާ މޫސާ ރަޝީދުވެސް، އެފަދަ ހަބަރެއް ޝާއިއު ނުކުރާކަން ޔަގީންކޮށްދޭ ކަަމަށްވެސް ވިދާޅުވިއެވެ.
❌ Complete Fabrication
1. No such statement was made
2. Journalist @MoosaRasheed_ , (to whom the photo attributes the supposed article) also confirmed that no such news was published on @Mihaarunews pic.twitter.com/3XoIPFyZcQ— Mvspokesperson (@MvSpokesperson) August 3, 2022
ރައީސް ސޯލިހަށް، ނަޝީދު ޒިނޭގެ ތުހުމަތު ކޮށްފައިވާއިރު، އެކަންވެސް މަބްރޫކް މީގެ ކުރިން ދޮގު ކުރެއްވިއެވެ. ރައީސްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމަށް ވާދަވެރި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ގޮވާލާފައެވެ.