އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު، އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ އަންހެނުންގެ ރޫހުގެ ލީޑަރު ދުންޔާ މައުމޫނަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ރައްދު ދެއްވައިފިއެވެ.

Ads by Asuru

އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އާދޭސްކޮށްކޮށް ވެސް ޕީޕީއެމުން ބަލައި ނުގަތުމުން ގައުމުގެ ޣައްދާރުންނާ އެއްސަފަށް އަރާހުރެ، ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން މަޝްހޫރުވާން އުޅުނަސް އެކަމެއް ނުވާނެ ކަމަށެވެ.

ވަޒީރުކަމުން އިސްތިޢުފާދީފަ އާދޭސްކޮށްގެން ސްޓޭޓް މިނިސްޓަރަކަމަށް އައީ އެ ސަރުކާރު އަނިޔާވެރިވީމަތޯ؟

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އާއްމުކުރެއްވި ވީޑިއޯއެއްގައި ދުންޔާ ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑެތި ވައްކަންތައް ހިނގާފައިވާ ކަމަށެވެ.

ދުންޔާ ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅުގެ ހުރިހާ ލީޑަރުން ހިފާ ހައްޔަރުކުރި ކަމަށާއި، އޭރު މުޅި ގައުމުގައި ވެސް އޮތީ ބިރުވެރިކަން ކަމަށެވެ. އަދި އެފަދަ ވެރިކަމެއް ތަކުރާރު ނުވާނެ ގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.