އެއްމަހެއްގައި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މަހަކަށް މި އަހަރުގެ ފެބްރުއަރީ މަސް ވެއްޖެއެވެ.

Ads by Asuru

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ​އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ވަނީ 217،391 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

މިދިޔަ 2023 ވަނަ އަހަރު ފެބްރުއަރީ މަހު ރާއްޖެ އައިސްފައިވަނީ 177،915 ފަތުރުވެރިންނެވެ. އެހެންކަމުން ދެ އަހަރުގެ މި މަހަށް ބަލާއިރު އެއީ 22.18 އިންސައްތައިގެ ކުރިއެރުމެކެވެ.

އިމިގްރޭޝަނުން ބުނީ ފެބްރުއަރީ މަހުގެ ތެރޭގައި އެވަރެޖުކޮށް ދުވާލަކު 7496 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިކަމަށާއި އެންމެ މަދުން ޒިޔާރަތް ކުރި ދުވަސްތަކުގައި ވެސް 5343 ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށެވެ.

ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާއިރު، ސަރުކާރުން ދަނީ ބޭރު ދުނިޔޭގައި ރާއްޖެ އިސްތިހާރު ކުރުމުގެ ބޮޑެތި ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.