ބޭނުންވާ ތަކެތި

Ads by Asuru
2 އާފަލު

2ބިސް

1 ޖޯޑު ހަކުރު

½ ޖޯޑު ކިރު

2 މޭޒުމަތީ ސަމުސާ ދިޔާ ބަޓަރ

80 ގ ޖޯޑު ފުއް

މުގުރި އަލްމަންޑް

½ ޖޯޑު ހެވީ ކުރީމް

ތައްޔާރު ކުރާނެގޮތް:

ފުރަތަމަ ދެ އާފަލު ތޮށިމަށާލައިފާ ހަތަރުފަޅި ކޮށްލުމަށްފަހު ކޮންމެ ފަޅިއެއް ފޮތި ފޮތި ކޮށްލާށެވެ.

އާފަލުގެ ކުލަ ބަދަލު ނުވެ ބެހެއްޓުމަށް ލުނބޯ ފެނަށް ވެސް ލައިފަ ބެހެއްޓިދާނެޅއެވެ. އެއަށްފަހު ބިހާއި ½ ޖޯޑު ހަކުރު އަޅާ އެއްކޮށްލުމަށްފަހު ކިރު، ބަޓަރ އަދި ފުއްކޮޅު އަޅާ އެއްކޮށްލާށެވެ.

އަދި ކޮށި އާފަލު ކޮޅު އަޅާ އެއްކޮށްލާށެވެ. ދިގު ޓްރޭ އަކަށް ބޭކިންޕޭޕަރ ލުމަށްފަހު މިސްކް ކުރި ބައި ފަތުރާލައިފާ މައްޗަށް އަލްމަންޑްތައް އަޅާލުމަށްފަހު 170 ނުވަތަ 350 ޑިގްރީ ސެލްސިއަސްގައި  ފިހެލާށެވެ.

ކެރަމަލް ތައްޔާރު ކުރުމަށް ½ ޖޯޑު ހަކުރާއި ބަޓަރ އަޅާ 2 މިނެޓް ހޫނުކޮށްލާށެވެ. ކެކި ކެކި ހުއްޓާ ހެވީ ކުރީމް އަޅާ ރަނގަޅަށް އެއްކޮލުމަށް ފަހު ކޭކް މައްޗަށް އަޅާލާށެވެ.