އިއްޔެ އެކަނި ވެސް ވެރިރަށް މާލޭގެ މަގުތަކަށް 59 ޓަނުގެ ކުނި ނަގައިފިއެވެ.
ރޯދައަށް ގެތައް ސާފު ކުރުމުގެ ގޮތުން، މާލޭގެ ގެތަކުން ގިނަ އަދަދަކަށް ކުނި ނެރެފައިވާއިރު، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، 10 މާރޗް 2024ވީ އާދީއްތަ ދުވަހު އެކަނިވެސް މާލޭގެ މަގުތަކުން 59.6 ޓަނުގެ ކުނި މާލެ ސިޓީގެ ހީވާގި މުވައްޒަފުން ނެގި ކަމަށެވެ.
”މިދިޔަ 15 ދުވަސްތެރޭ 200 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު. މިއީ 25 ފޫޓުގެ 8 ކޮނޓޭނަރުގެ ކުނި.“ އާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ވިދާޅުވީވދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެކަމެއް ކަމަށެވެ.
ގޭތެރެ ސާފު ކުރިޔަސް، މަގުތަކަށް ކުނި ނޭޅުމަށް ކަމާބެހޭ އިދާރާތަކުން ވެސް ދިޔައީ އިލްތިމާސް ކުރަމުންނެވެ.