ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި ތަރާވީޙު ނަމާދާއި ދަމު ނަމާދު ފަދަ އަޑުހަރުކޮށް ކިޔަވާ ނަމާދުތައް ކުރާއިރު ރަނގަޅުގޮތަކީ މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ނަމާދު ކުރުން ކަމަށް އިސްލާމް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ

ސޯޝަލް މީޑިއާގައި މީހަކު ވަނީ އެގޭ މީހުންނަށް އިޝާ ނަމާދު ކުރެވެނީ މިސްކިތުން ތަރާވީޙް ނަމާދުކޮށް ނިމުމުން ކަމަށްބުނެ މިނިސްޓަރު ޝަހީމަށް ޓެގްކޮށް ޕޯސްޓެއް ކޮށްފައެވެ.

މި ޕޯސްޓަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި ތަރާވީހު ނަމާދާއި ދަމު ނަމާދު ފަދަ އަޑުހަރުކޮށް ކިޔަވާ ނަމާދުތައް ކުރާއިރު، ރަނގަޅުގޮތަކީ މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތައް ކުރުން ކަމަށް ވިދާޅުވެފައެވެ.

އަދި ޝަހީމް ވަނީ ރަނގަޅުގޮތަކީ ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން ކުރުން ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ޝަހީމް ވަނީ ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، ހެޔޮ ނަތީޖާ ފެންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.