ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.

Ads by Asuru

އޭނާ ރިޓަޔާ ކުރައްވަން ނިންމެވީ އަންނަ މަހު އޭނާގެ އުމުރުން 60 އަހަރު ފުރޭތީއެވެ. ސިފައިންގެ ގާނޫނު ބުނާ ގޮތުން، ސިފައިންގެ މީހެއްގެ ގޮތުގައި ވަޒީފާގައި ދެމިހުރެވޭނީ އުމުރުން 60 އަހަރު ވަންދެނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއްރަހީމް އައްޔަންކުރެއްވީ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.

އޭރު އޭނާ ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި މޭޖަ ޖެނަރަލް ރޭންކް ގައެވެ.