ކުކުޅު ބިސް ވިއްކުމާއި ގެންގުޅުމާއި ރައްކާ ކުރުމުގައި އަމަލު ކުރާ ގޮތަކުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ބޮޑުވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.

Ads by Asuru

އެ އޮތޯރިޓީން މިހެން ބުނެ ނެރުނު ބަޔާނުގައި، ވަނީ، ކުކުޅު ބިސް ވިއްކުމާއި ގެންގުޅުމާއި ރައްކާ ކުރުމުގައި ސަމާލުވާން އެދިފައެވެ.

ނަޖިސް ހަރުލާފައި ނުވަތަ ބިހުގެ ތޮށި ހަޑިވެފައި ހުންނަ ބިސް ނުގަތުމަށާއި ފިނިކޮށް ބަހައްޓާފައި ހުންނަ ބިސް ގަތުމަށް އިސްކަން ދިނުމަށް އެ އޮތޯރިޓީއިން އިލްތިމާސް ކުރެއެވެ.

ބިސް ވިއްކުމާއި ގެންގުޅުމާއި ރައްކާކުރުމުގައި ސަމާލުކަންދޭންވީ ކަންކަމަކީ ބިހުގެ މުއްދަތު ހަމަވާ ތާރީހު ބެލުމާއި،  މުއްދަތު ހަމަވެފައި ހުންނަ ބިސް ބޭނުންނުކުރުމާއި، ރެނދުލާފައި ހުންނަ ބިސް ނުގަތުމާއި، ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބިސް ނުގަތުމާއި، ބިސް ދޮވެގެން ބޭނުން ނުކުރުންއެހެން ކާބޯތަކެތި ތަޣައްޔަރު ނުވާނެހެން އައިސް އަލަމާރީގައި ބިސް ރައްކާކުރުމާއި، ރޯނުފިލުވައި ހުންނަ ބިސް ބޭނުން ކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުމާއި އެފަދަ ތަކެތި އައިސް އަލަމާރިން ބޭރުގައި ދެ ގަޑިއިރަށްވުރެ ގިނަ އިރު ނުބެހެއްޓުން ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

ރޯދަ މަހަކީ ބިސް ބޭނުން ކުރާ މިންވަރު އިތުރުވާ މަހެއްކަމުން މިކަންކަމަށް ސަމާލުކަން ދިނުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އެދިފައެވެ.