ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ދުވަހާ، ސްކޫލު އިމްތިހާނު ބާއްވާ ދުވަސް ދިމާވާތީ، އިމްތިހާނު ބާއްވާ ދުވަހަށް ބަދަލު ގެނެސްފިއެވެ.

Ads by Asuru
ސްކޫލު އިމްތިހާނު ބާއްވަން ކުރިން ނިންމާފައިވަނީ އަންނަ މަހުގެ 16 އިން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން  ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޖިލިސް އިންތިހާބު އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައި ކަމަށެެވެ.

އެހެންވެ ގުރޭޑު 7 ،8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓާމްގެ އިމްތިހާނު މިމަހުގެ 17 އާއި އަންނަ މަހުގެ 25 އާ ދެމެދުގެ ރަސްމީ ދުވަސްތަކުގައި ބޭއްވުމަށް އެޑިއުކޭޝަނުން ވަނީ ސްކޫލުތަކަށް އަންގައިފައެވެ.

މިނިސްޓްރީން ބުނީ، އަންނަ މަހުގެ 20 ވަނަ ދުވަހު އިމްތިހާނު ބާއްވަން ސްކޫލަކުން ބޭނުންވާ ނަމަ، އެކަން އީސީގެ ފޯކަލް ޕޮއިންޓަށް އަންގައި މަޝްވަރާކުރަންވާނެ ކަމަށެވެ.