ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ގެނެސްފައިވާ އަސްކަރީ ޑްރޯންގެ އޮޕަރޭޝަން މިއަދު ފަށަން ނިންމައިފިއެވެ.

Ads by Asuru

މި އޮޕަރޭޝަން އިފްތިތާހު ކުރަން ހަމަޖެހިފައިވަނީ، ޑްރޯން މަރުކަޒު ގާއިމު ކޮށްފައިވާ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައެވެ.

މި އޮޕަރޭޝަނުގައި ދިވެހި ސިފައިންނާއެކު ތުރުކީގެ އޮފިޝަލުން ބައިވެރިވާނެއެވެ.

ޑްރޯނަށް ދިވެހި ސިފައިން އަހުލުވެރި ކުރުވުމާއި، ތަމްރީންތައް ފޯރުކޮށްދެނީ ތުރުކީގެ އޮފިޝަލުންނެވެ.

ރާއްޖެއަށް ތުރުކީން ގެނެސްފައިވަނީ ”ބައިރަކްތާރު ޓީބީ2″ ގެ ދެ ޑްރޯންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ބައިރަކްތާރު ޓީބީ2“ ޑްރޯނަކީ 18،000 އަދި 25،000 ފޫޓު މަތިން އުދުއްސޭނެ އުޅަނދުތަކެކެވެ. މީގެ އިތުރުން 70 އާއި 120 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި އުދުހެވޭ މި އުޅަނދުތަކަކީ ނައިޓް ވިޝަން ކޭޕަބިލިޓީ ވެސް ލިބިފައިވާ،  ރޭގަނޑުވެސް ވަގުތުން ފޮޓޯއާއި ވީޑިއޯ ފޮނުވޭނެ އުޅަނދެކެވެ.

މި ޑްރޯންތައް ރަސްމީކޮށް ބޭނުންކުރަން ފަށަން ތައްޔާރު ވެފައިވާއިރު، އެ ތަކެތީގެ ޓެސްޓު ދަތުރުތައްވެސް ވަނީ ބާއްވާފައެވެ.