ގަބުޅި ބޯކިބަލަކީ ރޯދަ މަހުގައި ދިވެހީންގެ ސުފުރާތަކާއި ވަރަށް ގާތް އެއްޗަކަށް ވަނީ ވެފައެވެ. މިއަދު ކިޔުންތެރިންނާ މި ހިއްސާ ކޮށްލަނީ މި ބޯކިބާ ތައްޔާރު ކޮށްލާނެ ގޮތެވެ.

Ads by Asuru

ބޭނުންވާނެ ތަކެތި:

2 ޖޯޑު ގާނާފަ ހުރި ގަބުޅި

2/1 1 ޖޯޑު ހަކުރު

1 ޖޯޑު ފުއް

2 ސައިސަމުސާ ރޯޒް ވޯޓާރ

3 ސައިސަމުސާ ފެން

3 ބިސް

ތައްޔާރުކުރާނެ ގޮތް:

އަވަން 300 ޑިގްރީގައި ޖައްސާށެވެ. އެއަށްފަހު މިކްސްޗަރުން ހަކުރު މުގުރާށެވެ.

ހަކުރުކޮޅު ހިމުންވުމުން ބިސް އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު ގަބުޅިއާއި، ފުށާއި، ރޯޒް ވޯޓާ ފެން އަޅައިގެން ރަނގަޅަށް ގިރާލާށެވެ.

ެއެއަށް ފަހު ޓްރޭއަށް އަޅާ 45 މިނެޓް ވަންދެން ފިހެލާށެވެ.

ބޯކިބާ ފިހެވުމުން 15 މިނެޓް ހިހޫ ކޮށްލަން ބަހައްޓަންވާނެއެވެ.