ރާއްޖެއިން އަމިއްލައަށް އިންފާރު ބެލެހެއްޓުމަކީ ބަޔަކު އެކަމާ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ވައިގެ ސިފައިންގެ ބާރާއި، އަސްކަރީ ޑްރޯން އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާގައި އިތުރު ގިނަ ކަންތައްތައް ތަޢާރަފު ކުރައްވާނެކަން އިޢުލާނު ކުރެއްވިއެވެ.

އެގޮތުން ކުރިން އަޅައިލުމެއް ނެތި ހުރި އަސްކަރީ ވަޞީލަތްތައް އާބާތުރަ ފިލުވައި ރަނގަޅު ފެންވަރަކަށް ގެނެސް، އެތަންތަނަކީ ވެސް އަސްކަރިއްޔާގެ ބޭނުންތަކަށް އަދި ރައްޔިތުންނަށް ރަނގަޅަށް ޚިދުމަތްކުރެވޭނޭ ފެންވަރުގެ ތަންތަނަށް ހެދުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ހަމަޖައްސަވައިދެއްވާފައި ވާނެކަމުގައި ވިދާޅުވިއެވެ.

ކޯސްޓްގާޑުގެ ކެޕޭސިޓީވެސް މި ފަސްއަހަރު ނިމޭއިރު މިހާރަށްވުރެ ދެގުނަ އިތުރު ކުރައްވާނެކަމަށާއި އެއަރ ކޯރ އަށްވެސް އިތުރު އުޅަނދުތައް އިތުރުކުރެވި، އެއްގަމުގައި ބޭނުންކުރާ ވެހިކަލްތަކާއި ޕްލެޓްފޯމްތައްވެސް އިތުރުކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް މުހިންމީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ބާރުވެރިކަމުގައި ހުރިހާ މާނައެއްގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ދެމިއޮތުންކަމުގައެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމު ދިފާއު ކުރުމަކީ ހުރިހާ ފިކުރެއްގެ އަދި ހުރިހާ ގިންތިއެއްގެ ދިވެހިރައްޔިތުންގެވެސް ވާޖިބެއް ކަމަށާ، މިނިވަންކަމާ ގައުމުގެ ސިޔާދަތީ ކަންކަމުގައި، ހުރިހާ ދިވެހީންގެ ފިކުރާ ދައްކާ ވާހަކަވެސް ގައުމުގެ ހައްގުގައި އެއްގޮތްވާން ޖެހޭނެ ކަމަށެވެ.