އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ ފުރަތަމަ ކޮމިއުނިޓީ ރޯދަ ވީއްލުން ބާއްވައިފިއެވެ.
މި ފަދަ ރޯދަ ވީއްލުން، ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގައި ސަލްމާން މިސްކިތުގައި ކުރިއަށް ދާނެ ކަމަށް އުރީދޫން ބުނެއެވެ.
އިއްޔެ ސަލްމާން މިސްކިތުގައި ބާއްވާފައިވާ މި ރޯދަވީއްލުމުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
ކޮމިއުނިޓީ ރޯދަވީއްލުން ބާއްވަނީ ގިނަ ބަޔަކަށް އެއް ސުފުރާ މަތީގައި ހިތްހަމަޖެހިގެން ރޯދަ ވީއްލުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށް އުރީދޫން ބުންޏެވެ.
އަދި އާއިލާއާ ދުރުގައި ދިރިއުޅޭ ފަރާތްތަކަށް އެއީ މުޖުތަމައުގެ މުހިންމު ބައެއްކަން ހަނދާންކޮށްދިނުމަކީ ވެސް ކޮމިއުނިޓީ ރޯދަވީއްލުން ބާއްވާ ސަބަބެއް ކަމަށް އުރީދޫން ބުނެއެވެ.
.