އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް 10000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކޮށްފިއެވެ.

Ads by Asuru

އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ކުރިން މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު އަންނަ މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށް އީސީން ވަނީ ރީ-ރަޖިސްޓްރީވުމަށް އިތުރު ހަ ދުވަހުގެ މުއްދަތެއް ދީފައެވެ. މި މުއްދަތު ހަމަވީ ހޮނިހިރު ދުވަހުގެ 15:00އަށެވެ.

މުއްދަތު ހަމަވިއިރު ޖުމްލަ 11169 ފޯމު، ރީ-ރަޖިސްޓްރީވުމަށް ހުށަހެޅިއެވެ.

ނަމަވެސް އެކި މައްސަލަތައް ފޯމުގައި ހުރުމުގެ ސަބަބުން 1141 ފޯމު ބަލައިގެންފައިނުވާއިރު، މައްސަލަތައް ހުރި ފޯމުތަކުގެ ވެރި ފަރާތަށް އެކަން އަންގައި ރީ-ރަޖިސްޓްރީވުމުގެ މުއްދަތުގައި ތެރޭގައި މައުލޫމާތު ރަނގަޅުކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު އެފަރާތްތަތަކަށް ދިނެވެ.