ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 10،000 ރުފިޔާގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

Ads by Asuru

ފުލުހުން މައުލޫމާތު ދޭ ގޮތުން، އެއީ މިދިޔަ ބުރާސްފަތި ދުވަހު، ދޮންއަނދަރާދަ ހިނގުން ގ. ރެސްރޯން ކުރިމަތިން ހޮވައިގެން ގެނެސްފައިވާ 10،000 ރުފިޔާއެވެ. މި ކޭސްގެ އިންސިޑެންޓް ނަންބަރަކީ 591082އެވެ.

އެ ފައިސާގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ

އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް ވެސް ފުލުހުން އެދެފައިވެއެވެ.

މީގެއިތުރުން އިއްޔެ މ. ހިޖާޒު ކައިރިން ހޮވައިގެން ގެނެސްފައިވާ 700 ރުފިޔާގެ ވެރިފަރާތް ހޯދުމަށް ވެސް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. މި ކޭސްގެ އިންސިޑެންޓް ނަންބަރަކީ 591291އެވެ.

އެގޮތުން ފުލުހުން ވަނީ އެ ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.