ޔޫތު މިނިސްޓްރީން ހިންގި ނެޝަނަލް އެޕްރެޓިސްޝިޕް ޕްރޮގްރާމުން 43 ޒުވާނުން ދަސްވެނިވެއްޖެއެވެ.

Ads by Asuru

ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތުގައި ދަސްވެނިންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދެވެ.

ޔޫތް މިނިސްޓްރީން ބުނި ގޮތުގައި މެރިއަޓްއާ ގުޅިގެން ހިންގި އެ ޕްރޮގުރާމުން ދަސްވެނިވި 43 ޒުވާނުންގެ ތެރެއިން 21 ޒުވާނުންނަށް ވަޒީފާ ވަނީ ޔަގީންވެފައެވެ.

ނެޝަނަލް އެޕްރެޓިސްޝިޕް ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުގުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ގަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.

އެގޮތުން މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަޑްތަކާ އެއްގޮތަށް ހިންގާ އެ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭ ގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިން ސްޓެންޑާޑްތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލުކޮށްފައިވޭތޯ ބަލައި ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރިކަމުގެ ގައުމީ ސަނަދު ދޫކުރެއެވެ.

ނެޝަނަލް އެޕްރެޓިސްޝިޕް ޕްރޮގްރާމް ހިންގަނީ ޝެރަޓަން މޯލްޑިވްސް، ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް، ލެ މެރިޑިއަން މޯލްޑިވްސް، ރިޓްސް ކާރްލްޓޮން މޯލްޑިވްސް، އެސްޓީ. ރެގިސް މޯލްޑިވްސް، ޑަބްލިއު މޯލްޑިވަސް އަދި ވެސްޓިން މޯލްޑިވްސްއާ ގުޅިގެންނެވެ.

 

ޔޫތް މިނިސްޓްރީން ބުނި ގޮތުގައި، އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މައިގަނޑު ހަ ދާއިރާއަކުން ޒުވާނުން ތަމްރީނުކުރާނެއެވެ.