މި އަހަރުގެ އޭޕްރީލްމަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 602 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

Ads by Asuru

އީސީން މިއަދު ބުނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބަހައްޓާ 602 ވޯޓު ފޮށީގެ ތެރެއިން 319 ފޮއްޓަކީ އަތޮޅު ތެރޭގެ ރަށްރަށުގައި ބަހައްޓާ ވޯޓު ފޮށިތައް ކަމަށެވެ.

އެ ކޮމިޝަނުން ބުނީ މަޖިލިސް އިންތިހާބުގައި މާލޭގައި ބެހެއްޓުމަށް ހަމެޖެހިފައިވަނީ 181 ވޯޓު ފޮށި ކަމަށެވެ. އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބަހައްޓާއިރު، ވިލިމާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ނުވަ ވޯޓު ފޮށި ކަމަށް އީސީން ހާމަކުރެއެވެ.

މި އިންތިހާބުގައި ރާއްޖޭގެ ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓާނެއެޓެ. އަދި ޖަލުތަކުގައި ފަސް ވޯޓު ފޮށި ބަހައްޓާނެއެވެ.

މި އަހަރުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓަނީ އިންޑިއާ، ލަންކާ އަދި މެލޭޝިއާގައެވެ.