އެމްޑީޕީގެ ސަރުކާރުން ސިއްހީ ހިދުމަތް ދޭ ތަންތަން 24 ގަޑިއިރަށް ބަދަލު ކުރީ، ނަމެއްގައިކަން ހާމަވެއްޖެއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވީ، ގިނަ ރަށްރަށުގައި 24 ގަޑިއިރަށް ހިދުމަތްދޭގޮތަށް ބަދަލުކޮށްފައިވާ ސިއްހީ މަރުކަޒުތަކުން އެގޮތަށް ހިދުމަތް ނުދޭކަން މަޖިލީހުގެ މެމްބަރުން ފާހަގަކުރެއްވުމުންނެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ މަރުކަޒުތައް މުޅި ދުވަހު ހިދުމަތް ދެ ގޮތަށް ބަދަލު ގެނެސްފައިވަނީ ކުރީ ސަރުކާރުގެ ދައުރު ނިމެން ކައިރިވެފައިވަނިކޮށެވެ. އަދި މިގޮތަށް ބަދަލުގެނެސްފައިވާއިރު އެތަނުގައި ގާއިމު ކުރަން ޖެހޭ ވަސީލަތްތައް ޤާއިމްކޮށްފައިނުވާ ކަމަށް ވެސް ހަލީލު ވިދާޅުވިއެވެ.

”މި ފާހަގަކުރެވުނީ 24 ގަޑިއިރަށް ބަދަލުގެނެވިފައި ހުރީ ދައުރުގެ ފަހުކޮޅު، ނަރުހުންނާއި ޑޮކްޓަރުން މަދު، މިއަދުގެ ހާލަތަކީ 35 ޑޮކްޓަރުން މަދު،“ އޭނާ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި ލޯންޗު އެމްބިއުލާންސްގެ ހިދުމަތްވެސް ރަށްރަށުގައި ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.