މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އެގްރިކަލްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކި ކުރި ހުސެއިން އިސްމާއިލް، ހިންނަވަރު ދާއިރާއަށް އިދިކޮޅު އެމްޑީޕީން ވާދަ ކުރާ ޖީހާން މަހްމޫދަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

Ads by Asuru

ހުސެއިން ވަނީ ޖީހާން އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވާފައެވެ.

ހިންނަވަރު ދާއިރާއަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަ ކުރައްވަނީ މުހައްމަދު އަބްދުއްރަހްމާނެވެ.

އަދި ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީން ނާކާމިޔާބުވި އަބްދުއްސަލާމް ވެސް އެ ދާއިރާއަށް ވާދަ ކުރައްވައެވެ.

ހުސެއިން އެގްރިކަލްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ވަކި ކުރީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.