ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ.
އެގޮތުން ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ނ) އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމުލަ އާބާދީ 6000 މީހުންނާއި 12000 މީހުންނަށް 1 މެންބަރެއް، 12000 މީހުންނާއި 18000 މީހުންނަށް 2 މެންބަރުން، 18000 މީހުންނާއި 24000 މީހުންނަށް 3 މެންބަރުން، 24000 މީހުންނާއި 36000 މީހުންނަށް 4 މެންބަރުން އަދި 36000 މީހުންނަށް ވުރެ ގިނަ ނަމަ 5 މެންބަރުން އިންތިހާބު ކުރަންވާނެ ކަމަށެވެ.
އާޒިމް ހުށަހަޅާފައިވާ އިސްލާހުގައި ގާނޫނު އަސާސީގެ 72 ވަނަ މާއްދާއަށް ވަނީ އިތުރު ދެ އަކުރެއް އިތުރުކޮށްފައެވެ.
އެގޮތުން އިސްލާހުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުން އިންތިހާބީ ދާއިރާއަކަށް ވާދަކުރާ ކޮންމެ 10 ދާއިރާއަކުން 1 ދާއިރާ އަންހެން ކެންޑިޑޭޓަކަށް ހާއްސަ ކުރަންވާނެ ކަމަށެވެ.
އަދި މިކަންކަން ފުރިހަމަ ކުރުމަށް ސިސާސީ ޕާޓީތަކާބެހޭ ގާނޫނުގައި އެކަން ތަފްސީލުކޮށް ބަޔާން ކުރަންވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.
އަންހެން ވެރިން ހާދަ ދެރަކޮށްލީ އެކަނބަލުންނައްވެސް ފިރިހެނުންނާ ވާދަކޮށްގެން ހޮވުނީމަތާ ހަމަ ހަމަކަން ހާމަވާނީ