ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނުގައި، ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރައްވާވާ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު(އިބުޓީ)ގެ އަރިހުގައި، އެ ދާއިރާގައި ދޮރުން ދޮރަށް ހިންގަވައިފިއެވެ.

Ads by Asuru

ރައީސް މާލެ ސަރަހައްދުގައި ދޮރުން ދޮރަށް ހިންގަވަން ފެއްޓެވީ އިއްޔެއެވެ. އިއްޔެ އެމަނިކުފާނު ވަޑައިގެންފައިވަނީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ.

މިއަދު ރައީސް ވަނީ މެންދުރުފަހު 14:00 ގައި ރައީސް ވަނީ ގަލޮޅު ދެކުނު ދާއިރާއަށް ވަޑައިގަންނަވައި، ބައެއް ގެތަކަށް ވަޑައިގެންފައެވެ.  އަދި މާލެ ހިޔާ ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކާއި ރައީސް ވަނީ ބައްދަލު ކުރައްވާފައިވެއެވެ.

މިއަދުގެ ހަރަކާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން، ސްޓޭޓް މިނިސްޓަރުންނާއި ނައިބު ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ. އިންތިހާބު އޮންނާތީ، އެ ދުވަހާއި 22 ވަނަ ދުވަސް ވެސް ސަރުކާރު ބަންދުވާނެއެވެ.