ދިވެހިރާއްޖޭގައި އަލަށް ހިދުމަތް ދޭން ފެށި ސީޕްލޭން އެއާ އެމްބިއުލާންސްގައި ފުރަތަމަ ފަހަރަށް ބަލި މީހަކު އުފުލައިފިއެވެ.

Ads by Asuru

މައުލޫމާތު ލިބިފައިވާ ގޮތުގައި، ސީޕްލޭންގެ ފުރަތަމަ ދަތުރުގައި، ބަލި މީހަކު މާލެ ގެނެސްފައިވަނީ، ދ.ކުޑަހުވަދޫންނެވެ.

ސީޕްލޭންގެ ހިދުމަތް ފެށީ، މި މަހުގެ ފުރަތަމަ ދުވަހުއެވެ. މި ހިދުމަތް ދިނުމަށް ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަންގެ ޑޭޝް8 މަރުކާގެ ބޯޓަކާއި ސީޕްލޭންއެކެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނީ އެ ދުވަހާ ހަމައަށް މެޑިކަލް 25 ދަތުރު ކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، މި ހިދުމަތް އިތުރަށް ފުޅާ ކުރައްވާނެ ކަމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި، އެއާ އެމްބިއުލާންސްގެ ހިދުމަތަށް ހެލިކޮޕްޓަރެއް ގެންނާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.