ފަސްޓްލޭޑީ ސާޖިދާ މުހައްމަދަކީ ސަރުކާރުގެ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވާނެ ބޭފުޅެއް ނޫން ކަމަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
އަދަދު ނޫހުގެ ”އެއްޗެއްކަޅެއް“ ޝޯގައި ޝިއުނާ ވިދާޅުވީ ފަސްޓްލޭޑީ ސާޖިދާ އަކީ ވަރަށް ”ސީދާ ސާދާ މިޒާޖެއްގެ“ ބޭފުޅެއް ކަމަށާއި، މާލެ ސިޓީ ކައުންސިލުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރަން ފެއްޓެވިއިރުންސުރެ މެޑަމް އެނގިލައްވާ ކަމަށެވެ.
ސާޖިދާ އަކީ އެއްވެސް ވަރަކަށް، ސަރުކާރުގެ ތެރޭގައި ހިނގާ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވަން ބޭނުންވެލައްވާނެ ބޭފުޅެއް ނޫން ކަމަށް ވެސް، ޝިއުނާ ވިދާޅުވިއެވެ.
”އެއްވެސް ވަރަކަށް، އަޅުގަނޑު ހަމަ ޔަގީންކަން މި ދެނީ، ސަރުކާރު ހިންގުމުގެ ތެރެއަކަށް މެޑަމް އެއްވެސް އެއްޗެއް ވިދާޅެއް ނުވާނެ. ނުވަންނަވާނެ.“ ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ، ސާޖިދާ ޝައުގުވެރިވެވަޑައިގަންނަވަނީ ވެސް އިޖްތިމާއީ ދާއިރާއިން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ.
ފަސްޓްލޭޑީ ސާޖިދާއާއި ގުޅުވައި، އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ވާހަކަތައް ފަތުރަމުން އަންނައިރު، އެކަމަނާ އެކި މީހުންނަށް ފްލެޓު ދިނުމަށް ހާއްސަ ލިސްޓެއް ގެންގުޅުއްވާ ކަމަށް ވެސް އަޑު ފެތުރިއެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެކަން ދޮގު ކުރައްވައި، އެއްވެސް މީހެއްގެ ހައްގަކަށް އެމަނިކުފާނު ވިޔަސް، އަދި އަނބިކަނބަލުން ވިޔަސް ނާރުއްވާނެ ކަމަށް ވިދާޅުވިއެވެ.
އެހެންވިއްޔާ ވަށަދިއްްގގަރުފަޅަށް މާލޭބިން ބަދަލުނުުކުރޭ
މާލޭގެ ބިން އޮންނަންވާނީ މާލޭގައި. ނޭނގިގެން މި އުޅެނީ، ވިލިނގިލި، ހުޅުލެ، ފުށިދިއްގަރު މާލެއަކަށް ވީގޮތް.
ތިހެއްދެވީ ކަޑައެޅިގެން ދޮގެއް… އުޅުނު އޮފީސްވެސް ދޫކޮށްލަން އެބަސް ނުވާ ކަބަލެއްތި… މިނިސްޓަރ ކަމާ ސްޓޭޓް މިނިސްޓަރ ކަން ބެހި ދުވަސްވަރު ވެސް އަތްބޭނި …. މިހާރުވެސްވހަމަ ކޮޓިނިއު