ސައުދީ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 400 ހައުސިން ޔުނިޓު އެޅުމުގެ ފައިނޭންސް އެގްރީމެންޓްގައި ސޮއިކޮށްފިއެވެ.

Ads by Asuru

މި މަޝްރޫއުއަކީ ސައުދީ ފަންޑު ފޯ ޑިވޮލޮޕްމެންޓްގެ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ޕުރޮޖެކްޓު މެނޭޖުމަންޓް ކޮންސަލްޓެންޓެއް ނެގުމާއިބެހޭ ގޮތުން މިއަދު ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.

ފިނޭންސް މިނިސްޓްރީ އާއި ސައުދީ ފަންޑު ފޯރ ޑިވޮލޮޕްމެންޓް އާއި ދެމެދު މި މަޝްރޫއުގެ ފައިނޭންސް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނިއިރު، މި މަޝްރޫއާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.