ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލު ނުދެއްކިގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފު ކޮށްދެއްވައިފިއެވެ.

Ads by Asuru

މިކަން ހާމަކުރައްވަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްއެއްގައި ވިދާޅުވީ، އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފު ކުރަން ނިންމަވާ ކަމޭބެހޭ ކުންފުނިތަކަށް ދަންނަވާފައިވާ ކަމަށެވެ.

އަދި ނުދެއްކި ހުރި ފައިސާ ލުއި ގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށް ދަންނަވާފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ބިލްތަކުގެ ޖޫރިމަނާ މައާފު ކޮށްދެއްވާނެ ކަމަށް މީގެ ކުރިންވެސް ރައީސް ވިދާޅުވެފައިވާއިރު، ރަށްރަށުގެ މިސްކިތުގެ ބިލުތައް ޑޮމެސްޓިކް ރޭޓަށް ވަނީ ބަދަލުކޮށްފައެވެ.