އިދިކޮޅު ފަރާތްތަކުން، މެޖޯރިޓީ ލިބުމުން ކަންކަން ކޮށްދޭ ވާހަކަ ބުނާއިރު، މިހާރު ވެސް މެޖޯރިޓީ ލިބިފައި ވަނީ އިދިކޮޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ހުޅުމާލޭގައި، ވިލުފުށި ދާއިރާގެ ޖަގަހަ ހުޅުވައިދެއްވައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ފްލެޓާއި ގޯތި ދޭނެ ކަމަށާއި، އެހެންވެސް ކަންކަން ކޮށްދޭނެ ކަމަށް އެމްޑީޕީން ބުނާއިރު، މިހާރު ވެސް މެޖޯރިޓީ އޮތީ އެ ޕާޓީ އަތުގައި ނޫންތޯ ސުވާލު ކުރައްވައިފައެވެ.

”އެ މެޖޯރިޓީ، އަޅުގަނޑުމެންގެ ވެރިކަން ފެށިގެން އައި ދުވަހު ވެސް އޮތީ، އެމްޑީޕީ އަތުގަ. ސުޕަރ މެޖޯރިޓީ. ހަތަރުމަސް ވެގެން ދިޔައީ. ހަމަ އެއްކަމެއް ވެސް ނުކުރައްވައެއް ނޫންތޯ؟“ ރައީސް ސުވާލު ކުރެއްވިއެވެ.

އެމްޑީޕީގެ އިހްލާސްތެރިކަމާއިމެދު ސުވާލު އުފައްދަވައި، ރައީސް މުއިއްޒު ވަނީ މިހާރު ނުކޮށްދެވޭ ކަންކަން ކޮށްދެވޭނީ، އަނެއްކާ ވެސް މަޖިލީހުގެ މެޖޯރިޓީ ލިބުމުންތޯ އައްސަވައިފައެވެ.

ރައީސްގެ ވާހަކަފުޅުގައި، އެމްޑީޕީގެ މި ވާހަކަތަކުގެ އިހްލާސްތެރިކަމާއިމެދުގައި ރައްޔިތުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ފްލެޓްތަކާއި ގޯތިތައް ނުދީގެން އުޅޭނަމަ، މެޖޯރިޓީން އެކަން ކުރަންވީ ކަމަށެވެ.

 

 

ެ