ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންތައްތައް ކުރުމުގައި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށާއި، ޒިންމާދާރުކަން ކުޑަ މަޖިލީހެއް އޮތުމަކީ ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ފިޝަރީީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނ.ވެލިދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަވާ މުހައްމަދު ނަވީޒްގެ ފަރާތުން ދެއްވި ތަރާވީހުގައެވެ.

ޝިޔާމް ވިދާޅުވީ، މިގޮތުން ކުރެވޭ އެންމެ މުހިންމު މަސައްކަތަކީ ރައީސްގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކޮންމެ އަހަރަކު، ބަޖެޓު ފާސް ކުރުމުގެ މަސައްކަތް ކަމަށެވެ.

އަދި މިއަދު ރައީސް މުއިއްޒުއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ޒިންމާދާރުކަން ކުޑަ، އިދިކޮޅު މެޖޯރިޓީގެ މަޖިލީހެއް އޮތުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

”އެ މަޖިލީހުން އެމަނިކުފާނަށް ދެއްވަންޖެހޭ އެއްބާރުލުން ނުދެއްވާ މިއަދު އަޅުގަނޑުމެން ދުވަސްތައް ގުނާކަން، މިއީ ވަރަށް ހިތާމަކުރާ ކަމެއް.“ ޝިޔާމް ވިދާޅުވިއެވެ.

ިޝިޔާާމްގެ ވާހަކައިގައި، ވެލިދޫ ދާއިރާއަށް ވާދަ ކުރައްވަވާ ނަވީޒަށް ތައުރީފު ކުރައްވައި ވިދާޅުވީ، އޭނާ އަކީ ދާއިރާގެ ރައްޔިތުންނާއި، ޒުވާނުންނާއި ވެސް ގުޅޭނެ ކެންޑިޑޭޓެއް ކަމަށެވެ.

އަދި ނަވީޒަކީ ދާއިރާގެ ރައްޔިތުންގެ އަޑު، މަޖިލީހުގައި އިއްވެވުމަށް ކެރިވަޑައިގަންނަވާނެ ބޭފުޅެއް ކަމަށް ޔަގީން ކުރެވޭ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.