ހުޅުމާލެ ފޭސް ތިނެއްގެ ބިނާވެށި ތަރައްގީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by Asuru

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ބުނީ، މި އެއްބަސްވުން އެކުލަވައިލީ އެ ކުންފުންޏާއި، ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ ދެމެދުގައި ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް ތިނެއްގެ ކަރަންޓު ނެޓްވޯކްގެ މަސައްކަތް ފުރިހަމަވެގެންދާނެއެވެ. އަދި ފޭސް ތިނެއްގައި ޖީޕޮން ނެޓްވޯކެއް ވެސް އެޅިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެ ފޭސް ތިނެއްގެ މަގުތައް ތަރައްގީ ވެގެންދާނީ، އަލިފާނުގެ ހާދިސާތަކުގެ ހާލަތާއި ގުޅޭނެ ގޮތަށް ކަމަށާއި، ފެނާއި ނަރުދަމާގެ ނިޒާމު ވެސް އިތުރަށް ފުރިހަމަ ވެގެންދާނެ ގޮތަށް ަކަމަށެވެ.

ކުރީ ސަރުކާރުގައި އެންމެ ކުރިން ޕްލޭންކޮށްފައި އޮތީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހުޅަނގު ފަރާތު ފަޅުގެ ކަނޑު ތޮށި ހިމަނައިގެން ބައިނަލްއަގުވާމީ ފެންވަރުގެ ކްރޫޒް ޓާމިނަލެއް ހަދާ ގޮތަށެވެ.

ޓާމިނަލް އަޅާނެ ބަޔަކު ހޯދަން އިއުލާންކުރުމުން އޭގެ ތަޖުރިބާ ހުރި ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެއެވެ.

ނަމަވެސް، މުޅި މާސްޓަ ޕްލޭން ބަދަލުކޮށް، ދެވަނަ ފިޔަވަހީގެ ފަޅު ހިއްކައި އެ ތަނުން ގޯތި ދޭން ކުރީ ސަރުކާރުން ނިންމީ ރިޔާސީ އިންތިހާބާ ދިމާކޮށެވެ.

ަ