ދޮންކެޔޮ ވަކާއި ކިރުތަށީގެ ވައުދުވެސް އެމްޑީޕީއަށް ނުފުއްދުނު ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވެފައިވަނީ މާދަމާ ފެށޭ ދިރާސީ އާ އަހަރާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.

”ބްރޭންޑް ނިއު(މުޅިން އާ) ދިރާސީ އަހަރަކަށް މަރުހަބާ ވިދާޅުވާ ކަމަށް މިނިސްޓަރުގެ ޓްވީޓުގައި ވެއެވެ. ޝުޖާއު ވަނީ ސްކޫލް ކުދިންނަށް ފެށި ނާސްތާ ޕްރޮގްރާމް ކޮބައިތޯ ސުވާލު ކުރައްވައި، ދިރާސީ އާ އަހަރު ”ބްރޭންޑް ނިއު“ ނުވި ކަމަށް ވިދާޅުވެފައެވެ.

ނާސްތާ ޕްރޮގްރާމުންވެސް ކުރީ ވައްކަން.ތިއީ ފެއިލްވެފަ ހުރި ވަޒީރެއް. މުޅި ތަޢުލީމީ ނިޒާމު ހަލާކުކޮށްފި.

ކޮންމެ ކުއްޖަކަށްވެސް ސުކޫލުން ހެނދުނުގެ ނާސްތާ ހަމަޖައްސަން ސަރުކާރުންވީ ވައުދު ތަންފީޒުކުރާ އުސޫލު ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

މި ބަދަލާ ގުޅޭގޮތުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ނާސްތާ ޕްރޮގުރާމުން ހިނގާ އިސްރާފު ނިމުމަކަށް ގެނެސް އެ ޕްރޮގުރާމަކީ ބޭނުންޖެހިފައިވާ ކުދިންނަށް ހާއްސަ ޕްރޮގްރާމަކަށް ހަދަން ނިންމާފައިވާ ކަމަށެވެ.