ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރަތްކުރި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން އިމާރާތް ކުރާ ފުރަތަމަ ޕްރީ ސްކޫލް އަންނަ މަހު ނިމޭނެކަމަށް، އެ މަޝްރޫއު ކުރިއަށް ގެންދާ އެސްޖޭ ކޮންސްޓްރަކްޝަނުން ބުނެފިއެވެ

Ads by Asuru

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސްކޫލުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިދިޔަ މާޗު މަހުގައެވެ.

އެސްޖޭއިން ބުނީ އެ ސްކޫލުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި, މަސައްކަތް ކުރަމުންދަނީ މި މަހުގެ 15 ވަނަ ދުވަހަށް އެ ސްކޫލު އެޗްޑީސީއާ ހަވާލުކުރެވޭތޯ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރަތްކުރާ ފުރަތަމަ ޕްރީ ސްކޫލްގައި ހިމެނެނީ 24 ކްލާސް ރޫމެވެ. އެކަމަކު ފުރަތަމަ ފިޔަވަހީގައި ނިންމަން ހަމަޖެހިފައިވަނީ 12 ކްލާސް ރޫމެވެ.

ދިރާސީ އާ އަހަރު ފެށުނުއިރުވެސް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ރައްޔިތުން ބޭނުންވާނެ ވަރަށް ގިނަ އަސާސީ ހިދުމަތްތައް ވަނީ ގާއިމުކޮށް ނުދެވިއެވެ.