ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ)އަށް މާލެ ސިޓީ ކައުންސިލުން ދޭން ޖެހޭ ފައިސާ ބަރާބަރަށް ދެމުން އަންނައިރުވެސް އެކުންފުނިން ގަވާއިދުން ކުނި ނުނަގާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

Ads by Asuru

މާލޭގެ ދެ ސަރަހައްދެއްގައި ކުނި ކޮތަޅުތަކެއް ޖަމާކޮށްފައި ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް މީހަކު ޓްވިޓަރގައި ހިއްސާކޮށް، ވެމްކޯއިން ގަވާއިދުން ކުނި ނަގަމުން ނުދާތީ އެކަން ހައްލު ކުރަން އެދިފައިވެެެއެވެ.

އެމީހާއަށް ދެއްވި ޖަވާބުގައި މާލޭގެ މޭޔަރު ވިދާޅުވީ ކުނި ނަގައިދޭ ކަމަށާއި، ސިޓީ ކައުންސިލުން، ޕޮލިސް ކޮންސްޓެބަލްސް ފޮނުވައިގެންވެސް ކުނި ނަގުވާ ކަމުގައެވެ.

މިކަމުގައި ސިޓީ ކައުންސިލަށް ކޮށްދެވޭނެ އިތުރު ކަމެއް އޮތްނަމަ، ހިޔާލު ދިނުން އެދޭ ކަމަށާއި، ސިޓީ ކައުންސިލަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެ ކަަމަށެވެ.

ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުން ކުނި ނެގުމަކީ އެކުންފުނީގެ ޒިންމާއެކެވެ. ނަމަވެސް މާލޭގެ މަގުމައްޗަށް ނެރެފައި ހުންނަ ކުނި އުކާލުމަކީވެސް، ކުނި އުކާލުމުގެ އެއްބަސްވުމުގެ ދަށުން އެކުންފުނީގެ ޒިންމާއެކެވެ.