ބޭނުންވާ ތަކެތި:

125ގ ބަޓާރ

Ads by Asuru

50ގ ހަކުރު

195ގ ފުއް

2/1 2 ސައިސަމުސާ ބޭކިންގ ޕައުޑަރ

150ގ މައިލޯ ނުވަތަ 1 4/1 ޖޯޑު މައިލޯ

1-2 ސައިސަމުސާ ކޮކޯ ޕައުޑާރ

3 ބިސް

120މލ މިލްކް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ  މިކްސްޗަރުގައި ބަޓާރުކޮޅާއި ހަކުރު ރަނގަޅަށް އެއްކޮށްލާށެވެ. ފަހަރަކު ބިހެއް އަޅާ އެއްކޮށްލާށެވެ. ދެން ފުއް، ބޭކިންގ ޕައުޑާރ އަދި މައިލޯ ކޮޅު މަދު މަދުން އަޅަމުން ސްޕީޑް މަޑުކޮށް މިސްޗަރުން ގިރާ ރަނގަޅަށް އެއްކޮށްލުމަށްފަހު މިލްކް އަޅާ ގިރާލާށެވެ. އެއަށްފަހު އަވަނަށްލާ 40-45 މިނެޓްވަންދެން ފިހެލާށެވެ. ފިހެވުމުން އަވަނުން ނަގާ 10 ވަރަކަށް މިނެޓް ވަންދެން ހިހޫ ކޮށްލަން ބެހެއްޓުމަށްފަހު ފުރިޖަށްލާ ފިނި ކޮށްލާށެވެ.