ހިޔާ ސަރަހައްދުގައި ހުރި މެއިލް ބޮކްސްތަކަށް ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވާ ނަސޯރާ ދީނުގެ ލިންކުތަކެއް ލިޔެފައި ހުރި ކާޑުތަކެއް އެޅި ދެ މީހުން 10 ދުވަހަށް ބަންދު ކޮށްފިއެވެ.

Ads by Asuru

ޖަރުމަނަށް ނިސްބަތްވާ އެ ދެ މީހުން ރާއްޖެ އައިސްފައިވަނީ ޓުއަރިސްޓު ވިސާގައެވެ.

އެ މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މި ދެ އަންހެނުން މެއިލްބޮކްސްތަކަށް އެޅި ކާޑުތަކުގައި ކްރިސްޓިއަނުން އަޅުކަން ކުރާ ޖީސަސްއަށް ނިސްބަތްވާ ފިލްމުތަކެއްގެ ލިންކުގެ އިތުރުން ކްރިސްޓިއަން ދީނާ ގުޅޭ ވެބްސައިޓްތަކުގެ ލިންކުތައްވެސް ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށް، މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ. މި މަންޒަރުފެންނަ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައިއެވެ.

މީގެ ކުރިން ވެސް ޖަރުމަނުގެ ބަޔަކު ރާއްޖޭގައި ނަސޯރާ ދީން ފަތުރަން އުޅުމުން ޑީޕޯޓު ކޮށްފައިވެއެވެ.