ބޭނުންވާ ތަކެތި:

Ads by Asuru

1 ޕެކެޓް ފުލްކުރީމް މިލްކް

1 ބޮޑު ޗޮކްލެޓް ( ގާނާފައި )

2 ސައި ސަމުސާ ބަޓަރު

2 މޭޒުމަތީ ސަމުސާ ކޯންފުލާ

1 ޕެކެޓް މާރީ ބިސްކޯދު

1 ދަޅު ގެރިކިރު

2 ބިސް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ މިކްސަރަށް ގެރިކިރު ދަޅު، ބިސް، ބަޓަރު އަދި ކޯންފުލާ އަޅާ ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ތެއްޔަކަށް ފުލްކުރީމް މިލްކް ޕެކެޓް އަޅާލުމަށްފަހު މަޑުގިނީގައި ބަހައްޓައިގެން ހޫނުވުމުން ކުރިން މިކްސަރުގައި ގިރާލި ބައި، މަޑުމަޑުން އެއްކުރަމުން ރަނގަޅަށް އެއްކޮށްލާށެވެ. ބޭނުންވާ ވަރަށް އޮލަވުމުން އުނދުންމަތިން ބޭލުމަށްފަހު އެއިން އެއްބައި ޓްރޭއަކަށް އަޅާލާށެވެ. އެއަށްފަހު މާރީ ބިސްކޯދު ލޭއާރއެއް އަތުރާލާށެވެ. ދެން އަނެއްކާވެސް ބިސްކޯދު ލޭޔާރ މައްޗަށް ބާކީހުރި ކުރީމް ކޮޅު އަޅާލުމަށްފަހު ގާނާފައި ހުރި ޗޮކުލެޓް ކޮޅުމައްޗަށް އަޅާލާށެވެ. ހިހޫވުމުން ފުރިޖަށްލާ 1 ގަޑި އިރު ބެހެއްޓުމަށްފަހު ނަގާށެވެ.