ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އުފެއްދި ”ހައުސިން ކޮމިޓީ“ ޗެއަރކަމުންނާއި އަދި ކޮމިޓީންވެސް އަނީސާ އަހުމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން، އެ ކޮމިޓީގެ އާ ޗެއަރއަކަށް އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސް ހަމަޖައްސައިފިއެވެ.

Ads by Asuru

”ބިންވެރިޔާ“ އަދި ”ގެދޮރުވެރިޔާ“ ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، އުފެއްދި ހައުސިން ކޮމިޓީގެ ޗެއަރއަކަށް އާމިނަތު އީނާސް ހަމަޖައްސަވާފައިވާއިރު، މިއަދު ހައުސިން މިނިސްޓްރީންވަނީ އެކޮމިޓީއަށް އިތުރު ތިން މްބަރުން އައްޔަނު ކޮށްފައެވެ.

”ބިންވެރިޔާ“ އާއި ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭ ކޮމެޓީއަށް ފަސް މެމްބަރުން އައްޔަނުކުރީ މިދިޔަ މަހުގެ 14ގައެވެ.

އެހެންނަމަވެސް، ކޮމިޓީ ޗެއަރއަކަށް އައްޔަން ކުރެއްވި އަނީސާ އަހުމަދު ވަނީ ސިއްހީ ހާލަތު ހުރި ގޮތުން ކޮމިޓީން އިސްތިއުފާ ދެއްވާފައެވެ.