ޒަކާތު ފަންޑުން ފަަލަސްތީނުގެ ޣައްޒާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

Ads by Asuru

މިކަން ހާމަކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް ކާބޯތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ހާމަކުރިއިރު، ޒަކާތު ފަންޑަކީ އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ބޭނުންކުރަމުން އަންނަ ފަންޑެކެވެ. ވަކިން ހާއްސަކޮށް އެކި ބަލިތައް ތަހައްމަލު ކުރާ މީހުންނަށް އެ ފަންޑުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރެވެއެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ޣައްޒާ އިން 32،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.