ބޯހިޔާވަހިކަމުގެ ނަމުގައި އެމްޑީޕީ ސަރުކާރުން ސްލަމްތަކެއް އުފައްދަން މަސައްކަތް ކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

Ads by Asuru

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ޝަކީލް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ބިންތައް ބެހުމުގައި ރޭވުންތެރިކަމެއް ގެންގުޅެފައި ނުވާކަމަށެވެ.

އަދި މި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބެލުމުގެ ދަށުން ކުރިން ބައްސަވާފައިވާ ބިންތައް އަތުނުލައްވާ، ޖާގަ އިތުރުކޮށް، ޒަމާނީ ސިޓީތަކެއް ތަރައްގީ ކުރުމަށް ރޭވިފައިވާކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވިހިހާސް އާއިލާއަށް ބޯހިޔާވަހިކަން ދިނުމަށް ވައުދުވިއެވެ.

ނަމަވެސް ވެރިކަން ނިމެން ކައިރިވުމުން، ފްލެޓް ލިސްޓެއް ނެރެ، ނުހިއްކާ ގިނަ ބިންތަކެއް ގޯތި ދިނުމުގެ ނަމުގައި ބަހާލިއެވެ.