މި މަހުގެ އަތޮޅު ދުވުން ކުޅެގެން ލީޑަރބޯޑުގެ އެއްވަނައިގައި ހިމެނޭ ފަރާތަކަށް ސީގިއާގެ ފަރާތުން އިންސްޓަ360 ކެމެރާއެއް ހުށަހަޅައިފިއެވެ.

Ads by Asuru

”އަތޮޅު ދުވުން“ ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ދިވެހިރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ގޭމެވެ.

އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، ”ހަސަނަށް ފޯނެއް“ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށެވެ. ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެއެވެ.

ގޭމްގެ އެޕްރީލް އަޕްޑޭޓް މިހާރު އެޕަލް އެޕްސްޓޯ އަދި ގޫގުލް ޕްލޭސްޓޯ އިން ވެސް ލިބިގެންދާނެއެވެ. އަތޮޅު ދުވުމުގެ މާޗު މަހުގެ ޕާޓްނާ އަކީ ސީގިއާ އެވެ. މި ޕާޓްނަޝިޕުގެ ދަށުން އުރީދޫއާ ގުޅިގެން މިމަހުގެ ލީޑަރބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އިންސްޓަ360 ކެމެރާއެއް ލިބިގެންދާނެއެވެ. އޭޕްރިލް މަހު އަތޮޅު ދުވުން ފެނިގެންދާނީ ބ. އޭދަފުށިންނެވެ.

މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެމަހަކުއެވެ.

ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެއެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ ކަލަންޑަރ އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓީމުންނެވެ.