ބޭނުންވާނެ ތަކެތި:

ދެ ބިސް

Ads by Asuru

2/1 ޖޯޑު ހަކުރު

1 ޖޯޑު ޑަބަލް ކުރީމް

ވެނީލާ އެސެންސް

ޕާން

ބުލޫބެރީ ޖޭމް

ބުލޫބެރީ

މެޕަލް ސިރަޕް

ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ ބިސް، 2/1 ޖޯޑް ޑަބަލް ކުރީމް، ހަކުރާއި ކުޑަ އެސެންސް ކޮޅެއް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.

އަދި ދެ ޕާންފޮތި، އެއްކޮށްލި އެއްޗަށްލައި، ދެ ފުށް ރީތިކޮށް ފޯ ކޮށްލާށެެވެ. އެއަށްފަހު ތަވައަކަށް ތެޔޮފޮދެއް އަޅާ އެއްފޮތި ޕާން ބާއްވާ އޭގެ މަތީގައި ޖޭމް ކޮޅެއް ހާކާފަ ބުލޫބެރީ ކޮޅެއް އަޅާލާށެވެ. އަދި މަތިން އަނެއް ޕާންފޮތި ޖަހާ ދެ ފަޅި ވެސް ރޯ ފިލުވާށެވެ.

އިތުރަށް ރަހަ މީރު ކޮށްލުމަށް 2/1 ޖޯޑް ޑަބަލް ކުރީމް އަދި މެޕަލް ސިރަޕް އެއްކޮށްލުމަށް ފަހު ޓޯސްޓް މައްޗަށް އަޅާލާށެވެ.