އެމެރިކާ އިން ރާއްޖެއަށް 99،450 ކޮވިޑް ވެކްސިން ޑޯޒް ހަދިޔާކޮށްފިއެވެ.

Ads by Asuru

ހެލްތު މިނިސްޓްރީގެ މިއަދު އޮތް ރަސްމިއްޔާތެއްގައި ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.

ކޮވިޑް-19އާ ދެކޮޅަށް ޖަހާ ވެކްސިންގެ ޑޯޒްތަކެއް އެމެރިކާގެ ސަރުކާރުގެ އެހީގައި ހިންގާ ޔޫއެސްއެއިޑްގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރީ ކޮވިޑް ވެކްސިން ވެކްސިން ގައުމުތަކަށް ފޯރުކޮށްދިނުމަށް އދ. އިން ގާއިމްކޮށްފައިވާ ”ކޮވެކްސް“ ފެސިލިޓީ މެދުވެރިކޮށެވެ.

އެމެރިކާ އިން ރާއްޖެއަށް ހަދިޔާކުރީ އެމްއާރުއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ވެކްސިނެވެ. މިވައްތަރުގެ ވެކްސިންގެ ތެރޭގައި ފައިޒާ ވެކްސިން އަދި މޮޑާނާގެ ވެކްސިން ވެސް ހިމެނެ އެވެ.

އެމެރިކާއިން ފައިޒާ ވެކްސިންގެ 210،000 ޑޯޒް މިއަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު ވެސް ރާއްޖެއަށް ހަދިޔާކޮށްފައެވެ.