ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ބ.އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަލީމް މިހެން ވިދާޅުވީ، އޭނާގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަލީމް އޭނާގެ ގޮނޑި ދިފާއު ކުރެއްވުމަށް ނުކުންނަވާނެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ސަލީމް ވަނީ، ރައީސް މުއިއްޒުއަށް ތައުރީފު ކުރައްވައި، އެމަނިކުފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރައްވާ މެމްބަރުން، ސަރުކާރު ދިފާއު ކުރަން މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

”އެހެންވީމަ، އަޅުގަނޑު ހުރިހާ މެމްބަރުންނަށް ގޮވާލަން، ހޮވުމަށް ފަހުގައި، މި ސަރުކާރު ދެމެހެއްޓުމަށްޓަކައި، ކުރެވެން އޮތް ހުރިހާ މަސައްކަތް، ހުރިހާ މެމްބަރުން ކުރަން ޖެހޭނެ.“ ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި، ސަރުކާރު ދެމެހެއްޓުމުގެ މަސައްކަތް ކުރައްވަން އޭނާ ހުންނެވީ ”ރެޑީ“ގައި ކަމަށެވެ. އަދި ރައީީސް މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އޭނާ ކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

ަ

ަ

ެ