އއ.ރަސްދޫ މިސްކިތެއްގެ ފާހަނާ ތެރޭގައި ކުޑަ ކުއްޖަކަށް ގަނާކޮށް، އަނިޔާކުރި މައްސަލަ ބަލަން ކަމާގުޅޭ އިދާރާތަކުގެ ހާއްސަ ޓީމެއް އެ ރަށަށް ގޮސްފިއެވެ.

Ads by Asuru

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލަ އާއި ގުޅިގެން ފުލުހުންނާ، ޖެންޑާ މިނިސްޓްރީ އަދި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އިތުރުން ހޯމް މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ޓީމެއް މިހާރު ރަސްދޫގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ގަނާ ކުރުމުގައި ބައިވެރިވެފައި ވަނީ 13 އަހަރުގެ ކުއްޖަކާ 14 އަހަރުގެ ކުއްޖެއް ކަމަށާ އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށެވެ.

ފުލުހުން ވަނީ، އެ ކުއްޖާއަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ، މީސްމީޑިއާގައި ދައުރު ނުކުރަން އެދިފައެވެ.