ބޮޑެތިކުށްތަކަށް އޮތް ހައްލަކީ އިސްލާމީ ޝަރީއަތް ގާއިމުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝިޔާމް މިހެން ވިދާޅުވެފައި ވަނީ ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ ބޮޑެތިކުށްތައް އާއްމުވަނީ ގާނޫނު ނެތިގެން ނުވަތަ ގާނޫނު ހަރުކަށި ނުވެގެނެއް ނޫން ކަމަށާއި، ކުށްތައް އާންމު ވަނީ ވެރިންގެ އިހުލާސްތެރިކަން ނެތުމުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ތަހުގީގީ އިދާރާތަކުން ފެށިގެން މުޅިނިޒާމުވަނީ ކޮރަޕްޓުވެފައި ކަމަށެވެ.

އަދި ހޯދާ ހެއްކާ، ހެކި ހޯދާގޮތާ ޗެއިން އޮފް ކަސްޓަޑީ ދުވަހަކު ފުރިހަމަނުވާކަންވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ މިކަމަށް އޮތް ހައްލަކީ އިސްލާމީ ޝަރީއަތް ގާއިމުކުރުން ކަމަށެވެ.

މިފަހުން މާލޭގައި އަނިޔާވެރިގޮތަކަށް މަރާލާފައިއޮތް ފުވައްމުލަކަށް ނިސްބަތްވާ އަންހެނެއް ފެނުމުން އެކަމުގައި ހަރުކަށި އަދަބުދިނުމަށް ގޮވާލާ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ.