މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަމުންދާއިރު، މިދިޔަ ހޮނިހިރު ދުވަހުގެރޭ މާލޭގެ ގެއެއްގެ ތެރޭގައި ވަނީ އަނިޔާވެރިކޮށް ޒުވާން އަންހެނަކު މަރާލާފައެވެ. އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށް ފުލުހުން އަންނަނީ ތަހުގީގު ހިންގަމުންނެވެ.