މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް މިއަދާއި މާދަމާ ބެހުމަށް ނިންމައިފިއެވެ.

މިކަން އަންގައި އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދާއި މާދަމާ، އަމީނިއްޔާ ސްކޫލް ހޯލުގައި ކުރިއަށް ދާނެ ކަމަށެވެ. ޒަކާތް ބަހާނެ ގަޑިތައް ވެސް މިނިސްޓްރީން ހާމަ ކޮށްފައިވެއެވެ.

ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑިތައް:

މިއަދު: 11:00 – 16:00 އަދި 20:30 – 22:30

މާދަމާ: 11:00 – 15:30 އަދި 20:30 – 22:30

ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

ރަމަޟާންމަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާވަނީ ލިބިފައެވެ.