ސައުދީ އަރަބިއާއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު މިއަދު ބަހަން ފަށާފައިވާ ކަމަށް ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

ކަދުރު ބަހަން ހަމަޖެހިފައި ވަނީ މިއަދާއި މާދަމާ އަދި މި މަހުގެ 14 އިން 18 އަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ކަދުރު ބަހާނީ މެންދުރުފަހު 1 އިން 3 ޖެހުމުގެ ނިޔަލަށެވެ.

އަދި މި މަހުގެ 23 އިން 25 އަށް ކަދުރު ބަހާނީ ހެނދުނު 09:30 އިން މެންދުރު 12 ޖެހުމުގެ ނިޔަލަށް ވެސް ކަދުރު ބަހާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ ކޮންމެ ގޭބީސީއަކަށް ދޫކުރަނީ އެއް ޕެކެޓް ކަދުރެވެ. ކަދުރު ދޫކުރަނީ ހަވާލުވާ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުއެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 55 ޓަނުގެ ކަދުރު ވަނީ ހަދިޔާކޮށްފައެވެ. މިދިޔަ އަހަރުވެސް ސައުދީއިން 50 ޓަނުގެ ކަދުރު ހަދިޔާ ކުރިއެވެ.