އީދު ފަދަ އިސްލާމީ މުނާސަބަތުތައް ކުލަ ގަދަކޮށް ފާހަގަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Ads by Asuru

އެ ވައުދު ފުއްދެވުމުގެ ގޮތުން، މާދަމާ ބައްދަލު ކުރާ ފިތުރު އީދު ދުވަސް ކުލަ ގަދަކޮށް ފާހަގަކުރުމަށްޓަކައި، މުޅި ރާއްޖެ ދިއްލައިލުމުން، ގިނަ ބަޔަކު ދަނީ ރައީސް މުއިއްޒުއަށް ޝުކުރު އަދާ ކުރަމުންނެވެ.

މާލެ ސިޓީއާއި، އިތުރު ސިޓީތަކާއި ރަށްތައް ގިޑިގެތަކާއި އިސްލާމީ ޝިއާރުތައް ރަމްޒުވާގޮތަށް ކުލަ ބޮކިތަކުން ދިއްލާލިއިރު، މިފަދަ ކަންކަމުން ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް އުފާވެރިކަން ލިބިގެންދާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޝުއޫރުތަކަށް ބަލާއިރު، މިއީ މާ ބޮޑު މަޝްރޫއު އަކަށް ނުވިޔަސް، މިފަދަ ކުދި ކުދި ކަންކަމުން ވެސް ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލަ ވުމަށް މަގުފަހިވެގެންދާ ކަމަށް ބުނެފައިވެއެވެ.

އީދަށް ރާއްޖެ ދިއްލާލުމުގެ ހަރަކާތް މިފަހަރު ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމަވާފައިވަނީ ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގައެވެ. އެގޮތުން މިއަދު ސިޓީތަކާއި ވެރިކަންކުރާ ހުރިހާ ރަށެއްގައި ކުލަބޮކިތަކާއި ގިޑިގެތައް ދިއްލާ ޖަރީކޮށްފައިވެއެވެ.

އީދު އަލުން ދިއްލި ރަށްރަށުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ދިއްދޫ ސިޓީ، އައްޑޫ ސިޓީ އަދި މާލެ ސިޓީ ހިމެނެއެވެ.

ރައީީސް މުއިއްޒު ރޭ ވިދާޅުވީ، ދެން ބައްދަލު ކުރާ އީދު ދުވަސްތަކުގައި، މިއަށްވުރެ ގިނަ ރަށްތަކުގައި ބޮކިތައް ދިއްލައި ޖަރީ ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

އެމަނިކުފާނު ވަނީ ކުލަބޮކިން ޒީނަތްތެރި ކުރުމަށް އެހީވި ސްޓެލްކޯ އާއި ފެނަކަ އާއި، އެމްޓީސީސީ އާއި ސިޓީސް މިނިސްޓްރީއާއި،  ކައުންސިލުތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ.